ށ. ޅައިމަގުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން މީހެއް ކަމަށެވެ.
އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ، އެރަށު ފަސް ގެއެއް ބަލާ ފާސް ކުރުމަށްފަހު މަސްތުވާތަކެއްޗާއެކުގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، އެ ފަސް ގެ ބަލާ ފާސްކޮށް، އެ ގެތަކުން މަސްތުވާތަކެތި ހުރި 171 ސެލޯފިން ކޮޅާއި، 30 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.