އުފަންވާ ކޮންމެ ކުއްޖަކަށް "ތަންމަތި ފޮށި" ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
މި އަހަރުން ފެށިގެން އެސްޓީއޯގެ ހާއްސަ ވައުޗަރެއް ހިފައިގެން އަންނަ ފަރާތްތަކަށް ހަދިޔާ ލިބޭނެ ކަމަށް ބުނާ ފޮޓޯތަކެއް މިސް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވައުޗަރުގައި ލިޔެފައި ވަނީ އަލަށް އުފަންވާ ކުދިންނަށް ދެވޭ ހާއްސަ ހަދިޔާގެ ވައުޗަރު ކަމަށެވެ.
އެ ވައުޗަރ ތަކުގައި ސަރުކާރުގެ ކުންފުނި އެސްޓީއޯ އާއި މައި ހޮސްޕިޓަލު އައިޖީއެމްއެޗްގެ ލޯގޯ ވަނީ ޖަހައިފަ އެވެ.
ހޫދު ވިދާޅުވީ ތަންމަތި ފޮށީގެ ވައުދު ފުއްދާފައި ނުވާ ކަމަށާއި، އެއީ އެސްޓީއޯއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އަލަށް އުފަންވާ ކުދިންނަށް ތަންމަތި ފޮށި ދިނުމަކީ ރައީސް ސާލިހު ގެ ރިޔާސީ ވައުދެކެވެ.