ބަނގުރާފުޅި އަކާއި އެކު ތިން ފިރިހެނުންނާއި 16 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސާއި ލ.ގަމުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 22 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ 21:00 ހާއިރު ލ.ގަން ތުނޑީ ބަނދަރުގެ ދެކުނު ފަރާތުން ކަމަށާއި، އެމީހުން އަތުން ބަނގުރާހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށެވެ.
އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ބަނގުރާ ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.