ނައިބު ރައީސް، ވެކްސިން ޖައްސަވަނީ ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ހަވީރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގަންނަވައި، "ކޮވިޝީލްޑް" ވެކްސިން ޖައްސަވައިފިއެވެ.

ވެކްސިން ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ޤައުމީ ރޫޙު އިސްކޮށް، ހުރިހާ ދިވެހި ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ، ވެކްސިން ޖެއްސެވުމަށް އެދިވަޑައިގަންނަވާފައެވެ. "ކޮވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފަށްޓަވައިދެއްވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

"ކޮވިޑް-19 ދިފާޢު" ކެމްޕޭންގެ ދަށުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަޖައްސާފައިވާއިރު، ރޭގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 9,700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.