އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ފޮއްޓެއް ސްޓޭޑް ޓެރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގައި މިއަދު އުފަންވި ކުއްޖަކަށް މިހާރު ވަނީ ހަދިޔާ ހަވާލުކޮށްފައެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އަލަށް އުފަންވާ ކުދިންނަށް ހަވާލު ކުރަނީ ވައުޗަރއެކެވެ. ހަދިޔާ ފޮށި ލިބެނީ އެ ވައުޗަރ ހިފައިގެން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ބޭސްފިހާރައަށް ދިއުމުންނެވެ.
އެ ގިފްޓް ހެމްޕާގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ހަގީޒްގެ ނެޕީ ޕެކެޓަކާއި ހަގީޒްގެ ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވޮންޑަލް މިލްކް ޕެކެޓެއް ހިމެެނެއެވެ.
އެވައުޗަރ ބޭނުން ކުރެވޭނީ ހަވާލުކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ. އެ ވައުޗަރ ގެއްލިގެން ނުވަތަ ހަލާކުވެން ބަދަލު ނުލިބޭއިރު، ވައުޗަރ ބޭނުން ކުރެވޭނީ އެންމެ ފަހަރަކުއެވެ
އެ ގިފްޓް ހެމްޕާގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ހަގީޒްގެ ނެޕީ ޕެކެޓަކާއި ހަގީޒްގެ ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވޮންޑަލް މިލްކް ޕެކެޓެއް ހިމެެނެއެވެ.