އާ އަހަރާއެކު މިއަދުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ތެރޭގައި ފާސް ކުރި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފާސް ކުރެއްވީ މި މަހު 17 ވަނަ ދުވަހުގަ އެވެ. 

މިއަދުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާއިރު، ރޭ ވަނީ އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ގެޒެޓުކޮށްފަ އެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހޭއިރު، 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *