ޔާމީން ރަޝީދު

ރަހުމު ކުޑަގޮތަކަށް މަރާލެވިފައިވާ ލިޔުންތެރިޔާ ޔާމީން ރަޝީދު (ސ.ފޭދޫ / ޗަނބޭލީގެ) ގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަކާލާތު ކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިއްޖެއެވެ.

އެ އާއިލާއިން މިގޮތަށް އެދިފައިވަނީ، އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު 7 ފެބްރުއަރީ 2021 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކުރުމުގައި މައްސަލަތައް ހުރިކަމަށް ފާހަގަކުރެވުމާއި ގުޅިގެންނެވެ.

2014 ވަނަ އަހަރުގައި ވަގަށްނަގައި ގަދަކަމުން ގެއްލުވާލެވިފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ހުކުމްކުރައްވަމުން ދައުލަތުގެ ފަރުވާކުޑަކަމުގެ ސަބަބުން ދައުވާ ސާބިތުކުރުމަށް ހުރަސްތައް ކުރިމަތިވި ކަމަށް ކޯޓުން ބުނެފައިވާކަން އާއިލާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި، ޔާމީން ރަޝީދުގެ މައްސަލައިގައިވެސް ޝަރީއަތުގައި ދައުލަތުގެ ފަރާތުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެހެންކަމުން، ކުރިއަށް ހުރި ޝަރީއަތުގެ މަޖިލިސްތަކުގައި ޕީޖީ ހުސެއިން ޝަމީމް، ދައުލަތުގެ ފަރާތުން ކޯޓުގައި ވަކާލާތު ކޮށްދިނުމަށް ވަނީ އެދިފައެވެ. މީގެއިތުރުންވެސް، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާމަކަމާއެކު ޝަރީއަތް ކުރިއަށް ގެންދިޔުމަށް ބާރު އެޅުމުގެ ގޮތުން، ވީހާވެސް ގިނަ ބަޔަކަށް ޝަރީއަތް އަޑުއިވޭގޮތަށް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެދިފައެވެއެވެ.

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލީ 23 އޭޕްރީލް 2017 ވަނަ ދުވަހުއެވެ. އޭނާ މަރާލާފައިވަނީ މެންދަމުން އަލިވެ 02:00 ހާއިރު، އޭނާގެ އާއިލާއާ އެކު ދިރިއުޅެމުންދިޔަ މ.ސްޕެޓިއުލާ ސިޑިބަރި ކައިރިންނެވެ. ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.