މާލޭ ގެެއެއްގެ ތެރޭގައި ބަނގުރާ ބޮއެގެން ޕާޓީ ކުރަން ތިބި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން މާފަންނުގައި ހުރި ގެއެއް ބަލައި ފާސްކުރުމަށް ފުލުހުން ވަދެ އެގެއިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން އެގެއަށް ވައްނަން ފެށުމުން އެގޭގެ ބެލްކަނީގައި ހުރި މީހަކުވަނީ ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލައިފައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އެގެ ބަލައި ފާސްކޮށް ދެދަޅު ބިޔަރާއި އެއްފުޅި ބަނގުރަލާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ތެޔޮ ޕީސް އަދި ފަސްރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *