ގދ. ތިނަދޫ ފޮޓޯ: ސްޓޫޑިއޯ33

ގދ. ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ އެރަށުގައި ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި އިއްޔެ ނެގުނު 400 ރެންޑަމް ސާމްޕަލްގެ ތެރެއިން މީހަކު ޕޮޒިޓިވް ވެފައިވާ ކަަމަށެވެ. ނަމަވެސް އެއީ އިއްޔެ ނެގުނު ހުރިހާ ސާމްޕަލްގެ ނަތީޖާކަން ޔަޤީން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ އެރަށުގައި ވައިރަސް ފެތިރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިއަދުވެސް އިތުރު ރެންޑަމް ސާމްޕަލްތައް ނަގަމުންދާކަމަށެވެ.

ތިނަދޫއިން އެންމެ ފަހުން ކޮވިޑް ކޭސްއެއް ފެނިފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެއީ އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ.

އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްޓަކައި އެރަށަށް އަރާފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.