އާ އަހަރާ ދިމާކޮށް މޯލްޑިވް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މޯލްޑިވް ގޭހުގެ މާކެޓިން އެންޑް ބިޑިން މެނޭޖަރު، އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން ދަގަނޑު ގޭސް ފުޅި ބަދަލު ކުރުން ވަރަށް ބޮޑަށް އަގުހެޔޮވާނެ ކަމަށާއި،އެގޮތުން ދަގަނޑުފުޅި، ލުއިފުޅި އަށް ބަދަލު ކުރުމަށް ނަގާނީ 795ރ. ކަމަށެވެ. އާންމު ގޮތެއްގައި ލުއިފުޅި އަށް ބަދަލު ކުރަން 1،775ރ. ހޭދަކުރަން ޖެހެއެވެ.
ލުއިފުޅި އަށް ބަދަލުކުރަން ބޭނުންވާ މީހުން މޯޅްޑިވް ގޭހުގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށްވެސް އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެވެ.
މޯލްޑިވް ގޭހުގެ އަމާޒަކީ އެ ކުންފުނިން ވިއްކާ ހުރިހާ ފުޅިއެއް، ލުއިފުޅިތަކަށް ބަދަލު ކުރުމަށެވެ.
މޯލްޑިވް ގޭހުގެ ލުއިފުޅި އަކީ ހިފައި ގެންގުޅެން ފަސޭހަ އަދި ދަބަރު ނުޖަހާނެހެން ތައްޔާރު ކޮށްފައިވާ ފުޅިތަކެކެވެ. މިއީ، ދަގަނޑު ފުޅިތަކަށް ވުރެ ރައްކާތެރިކަން ބޮޑު ފީޗާތައް އެކުލަވައިގެން ތައްޔާރު ކޮށްފައިވާ ފުޅިތަކެކެވެ.
މޯލްޑިވް ގޭހުން ލުއިފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު، 2014 ގައެވެ.