މޯލްޑިވް ގޭހުން ފޯރުކޮށްދެމުން އަންނަ އެއްވެސް ހިދުމަތެއްގެ އަގު ބޮޑުވެފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭހުން މިހެން ބުނެފައިވަނީ، އެކުންފުނިން އެލް.ޕީ.ޖީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުންދާ ފައިސާއިން 6 އިންސައްތަ ޖީއެސްޓީ ނަގާނެ ކަމަށް ބުނެ ދައުރުވަމުން އަންނަ އިންޓަރނަލް މެމޯގެ ސަބަބުން ހިދުމަތުގެ އަގު އުފުލޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައުމާއި އެކުގައެވެ.

މޯލްޑިވް ގޭހުގެ މާކެޓުިންގ މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މޯލްޑިވް ގޭހުގެ ސިލިންޑަރ ރެޖިސްޓްރޭޝަން ފީއަކީ ހަމަ ކުރީގެ އަގުކަމަށާއި، މިހާރު ނަގަމުން އަންނަ ސިލިންޑަރ ރެޖިސްޓްރޭޝަން ފީއަކީ ޖީއެސްޓީ ހިމެނޭގޮތަށް ނަގަމުން އަންނަ ފީއެއް ކަމަށެވެ.

އަދި ރެޖިސްޓްރޭޝަން ސްލިޕްއަށް ގެނެވުނު ބަދަލަކީ ހަމައެކަނި ރެޖިސްޓްރޭޝަން ބިލްގައި ޖީއެސްޓީ ވަކިން ފެންނާނެ ގޮތައް ގެނެވުނު ބަދަލެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ކުންފުނިން ވިއްކާ ގޭހުގެ އަގަކަށް އަދި ދެމުން އަންނަ ހިދުމަތުގެ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *