ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންނަ އަހަރު ސާވިސް ޗާޖު ބަރާބަރަށް ދެވިގެންދާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ސާވިސް ޗާޖު ދޭންޖެހޭ ވަރަށް ނުދެވޭކަން އެއީ ފެށިނީއްސުރެވެސް އެނގޭ ކަމެއް ކަމަށާއި، އެކަން އެގޮތަށް ދިމާވާންޖެހޭ ސަބަބު ހޯދުމަށް ކޮންމެވެސް ކަހަލަ ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ. އަދި 2020 ވަނަ އަހަރުގައި ސާބިސް ޗާޖު ބަރާބަރަށް ދެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެެވެ.

"2020 ގައި ސާވިސް ޗާޖު އެ ދޭންވާ ފަރާތްތަކަށް، އެ ދޭންވާ އުޖޫރަ ބަރާބަރަށް ދެވިގެން ނިމިގެންދާނެ. އެއީ އަޅުގަނޑުމެންގެ ވައުދެއް. އެއީ މި ސަރުކާރުގެ ވައުދެއް. އެކަން އަޅުގަނޑުމެން ކުރާނަން" އާޒިމް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *