އިމްރާން އަށް ދަނީ އައިޖީއެމްގައި ފަރުވާދެމުން -- ފޮޓޯ: ވަން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ކާޕެޓް ރޯލެއް ވެއްޓި ސީރިޔަސް އަނިޔާތަކެއް ލިބުނު ޒުވާނާ ވެންޓިލޭޓަރުން ނަގައި ފަރުވާދެވޭ ވަރަށް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 28 އަހަރުގެ އިމްރާން އަލީ އަށެވެ. އިމްރާނުގެ ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓުނު ވަގުތު އޭނާ ހުރީ ދޯނީގެ އެތެރޭގައެވެ. އަދި ކާޕެޓް ރޯލް ވެއްޓުނީ ކެރޭނަކުން ދޯންޏަކަށް އަރުވަން މުދާ ބަރުކުރަން އުޅުމުގެ ތެރޭގައެވެ. ވެއްޓުނު ކާޕެޓުގެ ބަރުދަނުގައި އެއް ޓަނު ހުންނާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އޭނާ އަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ލިބުނު އަނިޔާތަކާއި ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ.

''ޖަޒީރާ'' އާ ވާހަކަ ދެއްކި އާއިލާގެ މެމްބަރަކު ބުނީ، އޭނާ ވެންޓިލޭޓަރުން ނަގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު ކުރިޔަށްވުރެ ބޮޑަށް އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ޑޮކްޓަރާ ހަވާލާދީ އާއިލާގެ މެމްބަރުން ބުންޏެވެ.

ކުރިޔަށްވުރެ ރަނގަޅު ކަމަށް ޑޮކްޓަރު ބުނީ، މިހާރު ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެކެވޭ.

އާއިލާގެ މެމްބަރު ބުނީ، އިމްރާންގެ ބައެއް ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އިމްރާން އަދިވެސް އޮތީ އައިސީޔޫގައެވެ.

އެމްޕީއެލްގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގު ނިމެންދެން އިމްރާން ނިސްބަތްވާ މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

2
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *