އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ 47 ރިސޯޓެއްގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެެެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރި އިބްރާހިމް އާޒިމް ވިދާޅުވި، މިރޭ މާލެ ސިޓީ ގައި ހަވާ ނާރުވާނެ ކަަމަށާއި ނަމަވެސްރާއްޖޭގެ 47 ރިސޯޓެއްގައި ހަވާ އަރުވާނެ ކަމަށެވެ.
މީގެ ކުރިން އަހަރުތަކުގައި އާ އަހަރު ފާހަގަކުރުމުގެ ގޮތުން މާލޭގައި ހަވާ އަރުވައެވެ.
އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ކާނިވަލުގައި ހާއްސަ މިއުޒިކްޝޯވއެއްވެސް ކުރިއަށްދާއިރު، އެޝޯވގައި ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ދާނެއެވެ.
އާ އަހަރު ފާހަގަކުރުމަށް ހަވާ އަރުވައި، މިޔުޒިކް ޝޯވތައް ބާއްވާތީ ދީނީ އިލްމުވެރިން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.