މަޖީދީ މަހުގައި ހުންނަ ނަޒާކީ ޓްރޭޑްސްއިން ވިޔަފާރިކޮށްގެން ލާމު މުކުރިމަގުގައި ހުންނަ ނަޒާކީ ރެސިޑެންސް ބީޗް ހޮޓެލްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަން ފަށައިފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. ނަޒާކީ ޓްރޭޑްސްއިން 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއެއް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު، މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަޒާކީ ޓްރޭޑްސްއިން 500ރ އިން މަތީގެ ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ފުރަތަމަ ފަރާތަކަށް ލާމު ގަމުގައި އޮންނަ އެންމެ ހިތްގައިމު ބީޗުގައި ހަދާފައިވާ ނަޒާކީ ރެސިޑެންސް ބީޗް ހޮޓެލްގައި ތިން ދުވަސް ވަންދެން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

އެ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިއަކަށް 42 އިންޗީގެ އެލްސީޑީ ޓީވީއެއް ލިބިގެންދާއިރު، ތިންވަނަ ނަސީބުވެރިއަކަށް، ޖޫސާ ބްރޭންޑްގެ ޖޫސް މެޝިނެއް ލިބިގެންދާނެެއެެވެ.

ނަޒާކީ ޓްރޭޑްސްގެ މެނޭޖަރ "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެތަނުގައި ވިއްކާ ތަކެތިން 40 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ނަޒާކީ ރެސިޑެންސް ބީޗް ހޮޓެލްގައި ޖުމްލަ 16 ގެސްޓްރޫމް ހުންނައިރު، އެ ހޮޓަލުގައި ޕްރައިވެޓް ބީޗެއްވެސް އޮވެއެވެ. ސްޕަރ އަކާ ރެސްޓޯރެންޓެއްވެސް ހިމެނޭ މި ހޮޓަލުގައި ހިތްގައިމު ޕްލޭ ގްރައުންޑެއްވެސް އެކުލެވިގެންވެއެވެ. ގަން ރީޖަނަލް ހޮސްޕިޓަލުން ހިނގާފައި 7 މިނެޓުން ދެވޭހާ ރާސްތާއެއްގައި ހުންނަ ނަޒާކީ ރެސިޑެންސްއަކީ ގަމުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮޓަލެވެ.


ނަޒާކީ ގްރޫޕް އޮފް ކޮމްޕެނީސް އަކީ 1985 ވަނަ އަހަރުން ފެށިގެން ހާޑްވެއަރ އާއި ފަތުރުވެރިކަމުގެ އިތުރުން އެލްމެނިއަމް އާއި ގްލާސް އަދި ކޮންސްޓްރަކްޝަން ހިދުމަތުގެ އިތުރުން ވިޔަފާރީގެ އެތައް ހިދުމަތެއް ދެމުން އަންނަ ކުންފުންޏެކެވެ.

ލިންކް: ނަޒާކީ ރެސިޑެންސް ބީޗް ހޮޓެލް


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *