ނ.މާޅެންދޫއިން ބަލި މީހަކު ގޮވައިގެން ފުރަން އުޅުނު ސީއެމްބިއުލެންސްއެއް އެކްސިޑެންޓުވެއްޖެ އެވެ.
މާޅެންދޫ ކައުންސިލް ރައީސް މުހައްމަދު ޝާހު މޫސާ ވިދާޅުވީ ފަތިހު 5:30 ހާއިރު އެ ރަށުން ބަލި މީހަކު ގޮވައިގެން ސީއެމްބިއުލެންސް ނިކުންނަން އުޅެނިކޮށް ހިލަ ތޮށީގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.
އަދި އެކްސިޑެންޓްވިއިރު އެމްބިއުލެންސްގެ ތެރޭގައި ބަލި މީހާ އާއި ނަރުހުންނާއި އެހީތެރިން ތިބި ކަމަށް ޝާހް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގުމުގެ މާ ގިނައިރުތަކެއް ނުވެ ބަލި މީހާ ވަނީ ފުލުހުންގެ ލޯންޗެއްގައި ފުރުވާލައިފަ އެވެ.
އެކްސިޑެންޓްވި ސީއެމްބިއުލެންސް މިހާރު ވަނީ މާޅެންދޫ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ.