ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 4:00 އަށެވެ.
އޭނާ ފުލުހަށް ހާޒިރުކުރަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލޭ ކުރި މުޒާހަރާއާ ގުޅިގެންނެވެ.
އެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ޝުޖާއާ ދެ ބޭފުޅުންވެސް ހައްޔަރުކުރިއެވެ. އަދި ދޫނިދޫ ގައި ބަަންދުކޮށްފައި ތިބުމަށް ފަހު ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅުން މާލޭގައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމަކު ހުރިހާ އެންމެންވެސް ވަނީ ފަހުން ދޫކޮށްލާފައެވެ.
މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.