ނޮވެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ރިޕޯޓުން ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން 25 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ޖެނުއަރީ - ނޮވެމްބަރުގެ ނިޔަލަށް ބަޖެޓް ތަފާސް ހިސާބުތައް

މިއަހަރު ޖުމްލަ 31.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، ހިލޭ އެހީއާއި އެކު ޖުމްލަ އާމްދަނީ 21.8 ބިލިއަން ރިފިޔާއަށް އަރައެވެ. އަދި މިއަހަރުގެ ފުރަަތަމަ 11 މަސް ދުވަސްތެރޭގައި ޓެކުހުގެ ގޮތުގައި ފައުލަތަށް 15.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތައް ލިބުނު އާމްދަނީ 5.67 ރުފިޔާއަށް އަރައެވެ. އަދި ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 1.08 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ޖުމްލަ ހަރަދު ވަނީ 15.05 ބިލިއަނަށް އަރައިފައެވެ. އެއީ ރީކަރަންޓް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވާ 18.37 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކުރި 6.67 ބިލިއަން ރުފިޔާއެވެ.

ކެޕިޓަލް ހަރަދުގެ ތެރެއިން 3.5 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދުކުރި އިރު، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 1.78 ބިލިއަން ރުފިޔާ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅާބަލާއިރު މިދިޔަ މަސް ނިމުނު އިރު ދައުލަތުގެ އާމްދަނީ ވަނީ 10.9 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތަށް ދިމާވި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީގެ ތެރޭގައި ހިމެނޭ ކުންފުނީގެ ފައިދާއިން ލިބޭ ޑިވިޑެންޑާއި، އިންޓަރެސްޓްގެ އާމްދަނީ 17.1 ޕަސެންޓް ދަށަށް ދިޔުމުންނެވެ. އަދި ޓެކްސް އާމްދަނީ ވެސް 3.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. ސަބަބަކީ، އިމްޕޯޓް ޑިއުޓީއިން ލިބުނު އާމްދަނީ ދަށްވުމެވެ.

އާމްދަނީ ދަށްވި ނަމަވެސް، މިދިޔަ އަހަރަށް ވުރެ ހަރަދުތައް ވަނީ، 25.5 ޕަސެންޓް އިތުރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *