ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމުގެ ހާލުކޮޅު ރަނގަޅުކަމަށް، އެމަނިކުފާނުގެ ދަރިކަނބަލުން، އަދި މިހާރުގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެެއެވެ.
ރައީސް މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ޔުމްނާ މައުމޫން ވިދާޅުވީ، ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ކަމަށެވެ.
މައުމޫނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާއިރު އިއްޔެ ވަނީ އެމަނިކުފާނަށް 82 އަހަރު ފުރިފައެވެ.