އެމްޕީއެލްގެ މުވައްޒަފުންތަކެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މާލޭގެ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ނުރައްކާތެރި ހާދިސާތައް ހިނގާ، އެތަނުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް އަނިޔާވެ، މީހަކު މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ، ބަހުސް ފަށައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށައަޅުއްވައިދެއްވީ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ޝަރީފެވެ. މެމްބަރު ހުށައެޅުއްވި މި ކުއްލި މައްސަލައިގައި ވަނީ ބިއްލޫރި ޕެލެޓެއް ދަށުވެ، ދެ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކު މަރުވި މައްސަލައާއި، ޓާފް ރޯލެއް ދަށުވެ މަޖޫރީއަކަށް އަނިޔާވި މައްސަލަ ފާހަގަކުރައްވާފައެވެ.

ޕޯޓު ސަރަހައްދަކީ ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމަށް ބޮޑު ދައުރެއް އަދާ ކުރާ ތަނެއްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އެތަނުގައި މަސައްކަތްކުރާ އާއްމުންނާއި މަޖޫރިންނަށް ރައްކާތެރިކަމާއި އެކު މަސައްކަތް ކުރާނެ މާހައުލެއް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިހާރު އެތަނުގެ އިންތިޒާމްތައް ހުރީ އެންމެ ރައްކާތެރި ގޮތަކަށް ނޫން ކަމަށް ވިދާޅުވެ މެމްބަރު ވަނީ ކޮންބޮޑުވުން ފާޅުކުރައްވާފައެވެ.

އާދަމް ޝަރީފް ވަނީ ޕޯޓުގެ ރިސްކް އެސެސްމެންޓް އެއް ހަދާ، ޚާއްސަ އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ހެދިފައިވާ ގާނޫނޫތަކާއި ގަވާއިދުތައް ތަންފީޒުކުރަމުންދޭތޯ ކަށަވަރު ކުރުމަށްވެސް ގޮވާލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.