ކުރިޔަށް އޮތް އާ އަހަރުގެ ބަންދާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، އަވައްޓެރި ސްރީލަންކާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރެއް ކަމަށާއި،  ލަންކާއަށްވަޑައިގެން އެޤައުމުގައި އެމަނިކުފާނު ހަތަރު ދުވަސް ވަންދެން ހުންނަވާނެ ކަމަށެވެ.

ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ފުރާ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ރައީސްގެ ދެކަނބަލުން ވަނީ ޢީދު ޗުއްޓީ އާއި ދިމާކޮށްވެސް ދާދިފަހުން ލަންކާއަށް ވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *