ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް ބޭފުޅަކު ވަނީ މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައި ކަމަށް އޮންލައިން ނޫސް "ސީއެންއެމް" އިން ބުނެއެވެ.
މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރުވަނީ ވެފައެވެ.
މައުމޫނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާއިރު އިއްޔެ އަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.