ހުކުރު ދުވަހުގެ ހުކުރު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިޔަށްދަނީ، ގައިދުރުކަމެއް ނެތި ރާޢްޖޭގައި މިސްކިތްތަކުގައި ނަމާދުކުރަމުންދާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮވިޑް-19 ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ، މިސްކިތަށް ދާ މީހުން އަމަލުކުރަންވީ ހާއްސަ އުސޫލެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އާންމުކޮށްފިއެވެ.

އެ މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ އުސޫލުގައި ރައްކާތެރިކަމުގެ ގޮތުން އަޅާނެ ގިނަ ފިޔަވަޅުތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިސްކިތަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމަށާއި އެމީހެއްގެ އަމިއްލަ މުސައްލައެއް ގެންދިޔުމަށް މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމަށްވެސް ބުނެފައިވެއެވެ. އަދި، ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުއްވުމަށާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށްވެސް އެދިފައިވެއެވެ. މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފު ފުރުމަށްވެސް ވަނީ އެދިފައެވެ.

މީގެއިތުރުންވެސް، ހައި ރިސްކް ބޭފުޅުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުން، އަދި ކެއްސާ މީހުންވެސް މިސްކިތަށް ނުދިއުމަށް މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

ނަމާދު ނިމުމަށްފަހު މިސްކިތުގައި ގިނަ އަދަދެއްގެ ބަޔަކު މަޑުކުރަމުންދާއިރު، އެގޮތަށް އަމަލު ކުރުންވެސް މިއަދު ނެރެފައިވާ އުސޫލުގެ ތެރެއިން ވަނީ މަނާކޮށްފައެވެ. އަތްޖޯޑުކޮށް ސަލާމް ނުކުރުމަށާއި މިސްކިތުގައި ބެހެއްޓިފައި ހުންނަ ޚަތިމުތައް ބޭނުން ކުރުންވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. އެގޮތުން، ޖެނުއަރީ މަހުގެ ފަހު ހަފްތާއިން ފެށިގެން އެވްރެޖްކޮށް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އަބަދުވެސް ހުންނަނީ 100 އިން މަތީގައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.