މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މައްސަލައެއްގައި ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް ދެ ބިދޭސީއެއް ރާއްޖެއިން ފުރުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ނޮވެމްބަރު 2018ގައި ހިނގާފައިވާ ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަނުގެ ފުރިހަމަ އެއްބާރުލުން ކަމާބެހޭ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ހަނަފީ އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.