ސާވިސް ޗާޖަށް ރާއްޖޭގެ ރިސޯޓެއްގައި 11 ޑޮލަރު ދިންކަން ފަޅާއަރުވާލި، އެ ރިސޯޓުގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފިއެވެ.

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 11 ޑޮލަރު ދީފައި ވަނީ ހދ. އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ކަމަށްވާ ހޮނޑާފުށި އައިލެންޑް ރިސޯޓްގައެވެ.

ކޮޅުމަޑުލުގެ ރަށަކަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ނަމަކަށްކިޔާ އެ ޒުވާނާ ބުނެފައިވަނީ، ވަޒީފާއިން ވަކި ކުރުމަށްފަހު މިހާރު އޭނާ ރިސޯޓުން ބާލާފައިވާ ކަމަށެވެ. އަހުމަދު ޝިމްހާޒްއަކީ ހޮނޑާފުށި ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާގައި ހުރި މީހެކެވެ. 

ކުއްލި ގޮތަކަށް ޝިމްހާޒް ވަޒީފާއިން ވަކިކޮށްފައިވަނީ އެއްމަސް ދުވަހަށްވާ 4000ރގެ މުސާރަ ދިނުމަށް ފަހުއެވެ.

ޝިމްހާޒް ބުނިގޮތުގައި ފޭސްބުކުގައި ހިންގާ ޕޭޖަކަށް، ހޮނޑާފުށި ރިސޯޓުން އެންމެ 11 ޑޮލަރު ދިން ކަމުގެ މަޢުލޫމާތު އޭނާ ޙިއްސާ ކުރިވަގުތު ނަގާފައިވާ ވީޑިއޯއެއް ރިސޯޓު މެނޭޖުމަންޓުގެ އަތުގައި އޮތްކަން، އެ ރިސޯޓުން އޭނާއަށް މިއަދު އެންގި ކަމަށެވެ.

ޝިމްހާޒް ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްލާފައިވަނީ، ރިސޯޓާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރަން މަސައްކަތް ކުރީ މަސަތްކަތަށް ފަރުވާކުޑަ ކަމަށް ބުނެއެވެ.

ހޮނޑާފުށީގައި ޤާނޫނާއި ހިލާފު އަދަދަކަށް ބިދޭސީ މުވައްޒަފުން ވެސް ގެންގުޅެއެވެ. އެގޮތުން އެރިސޯޓްގައި 200 މުވައްޒަފުން އުޅޭއިރު ދިވެހިންގެ ނިސްބަތަކީ 20 އިންސައްތައެވެ. 

ހޮނޑާފުށި ރިސޯޓަކީ ތްރީ އޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. ތްރީ އޭ ކުންފުންޏަކީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ އާއިލާ ކުންފުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.