ސްކޫލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޞަލާޙުއްދީން ސްކޫލު އިމާރާތްކުރުމުގެ ކޮންޓްރެކްޓުގައި އަމީން ކޮންސްޓްރަކްޝަނާއެކު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިރްފާނެވެ.

މިއީ 390 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި ސްކޫލް އިމާރާތް ކުރުމަށް ޖުމްލަ 118،336،879.62 ރުފިޔާ ހަރަދުވާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި އިތުރު ސްކޫލްތަކެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.