އަދުރޭ މަގު މަތީގައި އިށީނދެގެން -- ފޮޓޯ: ޓްވިޓަރ

ފުލުހުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކުރީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު ދާރުބާރުގެ ކައިރީގައި މަގުމަތީގައި ކަކުލުގައި ރިއްސާތީ އިށީނދެގެން އިންދާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ފުލުހަށް ހާޒިރުވުމަށް ފަހު އޭނާ ވިދާޅުވީ، ފުލުހުން އޭނާގެ މައްޗަށް 3 ތުހުމަތެއް ކުރާކަމަށެވެ. އެއީ، ފުލުހުން ބަންދުކޮށްފައި އޮތް ތަނަކަށް ވަނުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން ދަތުރުފަތުރުކުރަން އުނދަގޫވާގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ އަޑުގަދަކުރުންކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން ކުރަނީ ކަނޑައެޅިގެން ދޮގު ތުހުމަތްތަކެއް ކަމަށާއި، އެފަދަ ގޮތަކަށް ކަންތައް ކޮށްފައިނުވާނެކަމަށެވެ. އެގޮތުން، ދަރުބާރުގެ ކައިރިއަށް ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕާއި ސަޕޯޓަރުން ދިޔުމުގެ ކުރިން އެއްވެސް ފުލުހަކު ހުރަސް އަޅާފައެއް ނުވާކަމަށެވެ. ވަކި ހިސާބަކަށް ދިޔުމުން ފުލުހުން، މުޒާހަރާގެ ބައިވެރިން އެތަނުން ދުރަށްލާން ފެށިކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް. އަޅުގަނޑާއެކީ ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕާއި އަދި ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެދުވަހު އެތަނަށް ދިޔަ. ދަރުބާރުގެއާއި ހަމަޔަށް ދިޔުމުގެ ކުރިން އެއްވެސް ފުލުހަކު އަޅުގަނޑުމެންނަށް ހުރަސް އަޅާފައެއް ނެތް، އަދި އެ ހިސާބަށް ދިޔައިރު އަމީނީ މަގު ބަންދުކޮށްފައެއް ވެސް ނެތް. ވަކި ހިސާބަކަށް ދިޔައީމައި ފުލުހުން ސަފު ހަދައި އަޅުގަނޑުމެން ބޭރަށް ނެރުނީ، ބޭރަށް ނެރުނީމައި ސަފު ހަދައި އަޅުގަނޑުމެން އަޑުއުފުލަމުން ގެންދިޔައީ އަޅުގަނޑުމެން މިދިޔައީކީ ކީއްކުރަންކަން.

އަދުރޭ ވިދާޅުވީ ދަރުބާރުގެ ކައިރިއަށް ދިޔައީ އެ ތަނުގައި މަސައްކަތް ކުރާ އެޗްޕީއޭގެ މީހުންނާއި ބައްދަލުކޮށް ވެކްސިނާއި ގޮތުން ލިބިފައި ހުރި މައުލޫމާތު އެއީ ސައްހަ މައުލުމާތެއް ތޯ ސާފުކުރަންކަމަށެވެ. އަދި އެތަނުން މަގުމަތީގައި އިށީނީ ކަކުލުގައި ރިއްސާތީ ކަމަށާއި އެ ހިސާބުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށެވެ. އަދި ގެންދިޔައިރު ގާނޫނީ އިންޒާރެއްވެސް ދީފައި ނުވާކަމަށާއި ހައްޔަރުކުރީ ކީިއްވެކަން އެނގުނީ ބަހަށް އަރުވައިގެން އަތޮޅުވެއްސައް ގެންދިޔުމުންކަމަށެވެ.

 މަގުމަތީ އިށީނީ ކުަޑަކޮށް ކަކުލު ރިއްސާތީ , އިރުކޮޅެއް ނުވަނީސް ފުލުހުން އަޅުގަނޑު ގެންދިޔައީ ، ގެންދިޔައިރު ފުލުސް މީހެއް ބުނި އަޑުއެހިން ހައްޔަރަށް ވާގޮތަށް ގެންދާށޭ، އަތޮޅުވެއްސައް ގެންދިޔަ އިރުވެސް ކީއްވެކަމެއް ނޭނގޭ، ގާނޫނީ އިންޒާރެއް ނުދީ ކުއްލިއަކަށް ނަގައިގެން ދިޔައީ އަޅުގަނޑުމެން އެތާ އެއްވެ ތިއްބާ.

އަދުރޭ ފުލުހަށް ހާޒިރުކޮށްފައިވަނީ، އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ދޫނިދޫ ގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހުއެވެ.

އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްވެސް އަދުރޭގެ މައްޗަށް އުފުލާފައިވެއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި އަދުރޭ ވަނީ ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.