ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ވިހެއުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގާތް މަސްދަރަކާއި ހަވާލާދީ "ބޮލީވުޑްލައިފް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން އަންނަ ހަފްތާގައި ދެވަނަ ދަރިފުޅަށް މަރުހަބާ ކިއުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ސައިފް އަލީ ޚާން އާއި ކަރީނާ ވަނީ ވެފައެވެ.
އެގޮތުން ވިހެއުމުގެ ކުރިން ނިންމަންޖެހޭ ފިލްމީ މަސައްކަތްތައްވެސް އިއްޔެ އެއްކޮށް ނިންމާފައިވާ ކަމަށް މަސްދަރުން ބުނެއެވެ.
އަދި ކަރީނާ މިވަގުތު ދަނީ ބޭބީ ރޫމް ރީތި ކުރުމުގެ މަސައްކަތްތައް ކުރަމުން ކަމަށާއި ކަރީނާ ބޭނުންވަނީ ވިހެއުމުގެ ކުރިން ބޭބީއަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ކޮޓަރީގައި ތަރުތީބުކޮށް ނިންމާފައި ބަހައްޓަން ކަމަށް އެނާ ބުންޏެވެ.
ވިހެއުމުގެ ކުރިން ކުރިއަށް ހުރި ދުވަސްތައް ކަރީނާ ހޭދަކުރަމުންދާނީ އޭނާގެ "ގާރލް ގޭންގް" އާ އެކުގައި ކަމަށާއި ސައިފްވެސް ސައިފްވެސް އޭނާގެ ފިލްމްމީ މަސައްކަތްތައް ނިންމާލުމަށްފަހު އެމީހުންނާއި ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެހެން ތަރިންނާއި ޚިލާފަށް ކަރީނާ ގެންދަނީ އޭނާގެ މާބަނޑު ދުވަސްވަރުވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިލްމްތަކުގެ މަސައްކަތާއި، އިޝްތިހާރުތަކާއި، ފޮޓޯ ޝޫޓްތަކުގެ އިތުރުން ފެޝަން ޝޯވ ތަކުގައިވެސް ކަރީނާ ބައިވެރިވެއެވެ.
ކަރީނާގެ އަލަތު ދަރިފުޅު ތައިމޫރް އަލީ ޚާން ލިބިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައެވެ. ތައީމޫރު ވިހަން ބަނޑު ބޮޑުއިރުވެސް ޕްރޮފެޝަނަލް މަސައްކަތްތަކުގައި ކަރީނާ ވަނީ ފެނިގެން ގޮސްފައެވެ. ސްޓާރުންގެ ތެރެއިން ވިހެއުމަށްފަހު ހަށިގަނޑު އަލުން ބައްޓަންކޮށް މަސައްކަތަށް އެންމެ އަވަހަށް ނުކުތް ތަރިއަކަށް ވެގެން ގޮސްފައިވަނީ ވެސް ކަރީނާ އެވެ. ސުޕަރ ހިޓް ފިލްމް "ވީރޭ ދި ވޭޑިން" އަކީ ވިހެއުމަށްފަހު ކަރީނާ ކުޅުނު ފުރަތަމަ ފިލްމެވެ.