ސްޓެލްކޯގެ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ދިވެހިން މަސައްކަތް ކުރަނީ ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މަސައްކަތުގައި ދިވެހި ކޮންޓްރެކްޓް މުވައްޒަފުން ބައިވެރިވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކޮންޓެރެކްޓް މަސައްކަތް ކުރުމަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވާލައި ކުރި އިއުލާނާއި ގުޅިގެން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބެޗް މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

ޖަޒީރާއާ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޤުނީ ވިދާޅުވީ ކޮންޓްރެކްޓް  ގިނަ މަސައްކަތުގައި މަސައްކަތް ކުރަމުންދަނީ ބޭރުގެ މުވައްޒަފުން ކަމަށާއި އޭގެ ބަދަލުގައި ދިވެހި ޒުވާނުންނަށް ފުރުސަތު ދެއްވިއްޖެނަމަ ޒުވާނުންވެސް އެމަސައްކަތުގައި ބައިވެރިވާނެ ކަމަށެވެ.

މުޤުނީ ވިދާޅުވީ މިވަގުތު މަސައްކަތް ކުރާ މޮޑެލް އަކީ އާންމުކޮށް ރާއްޖޭގައި މަސައްކަތް ކުރާ މޮޑެލްއެއް ނޫން ކަމަށެވެ.

ދުވަހު މުސާރައަށް މަސައްކަތް ކުރާ ގޮތަށް ހެދީމައި ވަރަށް ބޮޑު ފްލެކްސިބިލިޓީއެއް މިދެނީ. ދުވަސްކޮޅަކު މަސައްކަތް ކޮށްލާފައި މާލޭގައި އެހުންނަ ދުވަސް ކޮޅުގައި ނުވަތަ އެމަސައްކަތެއް އޮންނަ ދުވަސްކޮޅުގައި މަސައްކަތް ކޮށްލާފައި އެހެން ތަނަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ.

މުޤުނީ ވިދާޅުވީ ފުރަތަމަ ބެޗްގައި މަސައްކަތް ކުރަމުންދަނީ 20 މުވައްޒަފުން ކަމަށާއި ނަމަވެސް އެވަގުތެއްގައި ކުރިއަށްދާ ޕްރޮޖެކްޓަކާއި ގުޅޭ މަސައްކަތްކުރާ މީހުން އިތުރަށް ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާނެ ކަމަށެވެ.

ގޮތްބަލައިލުމުގެ ގޮތުން މި ބެޗްގައި 20 އަކަށް މީހުން މި ބޭނުންކުރަނީ. އޮޕަރެޝަން ބޮޑަށް އޮންނަނީ ގްރޭޓަރ މާލެ ސަރަހައްދުގައި އެހެންކަމުން އަޅުގަނޑުމެން މިގެންގުޅޭ މޮޑެލްއަކީ މިނިވަން މަސައްކަތްތެރިން ސްޓެލްކޯގައި ރަޖިސްޓްރީވެފައި އޭގެތެރެއިން އަޅުގަނޑުމެން އެދުވަހަކު ބޭނުންވާ ވަރަކަށް މީހުންނަށް ގުޅާ އެމަސައްކަތަކަށް ވާ ވަރަށް މީހުން މި ނަގަނީ

އަދިވެސް މިނިވަން މަސައްކަތްތެރިން ގޮތުގައި ސްޓެލްކޯގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީންގެ ބަދަލުގައި ދިވެހިން މިފަދަ މަސައްކަތްތަކަށް ޝައުގުވެރިވެ, ފަރުވާތެރިކަމާއި، ފުރިހަމަކަމާއެކު އެމަސައްކަތްތައް ކުރަމުންގެންދާތަން ފެނުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.