ހުޅުމާލެ ފޭސް 2-- ފޮޓޯ: މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކޮށް މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް އެ މައުލޫމާތު ހުށައެޅުމަށެވެ.

މިނިސްޓްރީން ބުނީ މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 14 ފެބްރުއަރީ 2021 ވަނަ ދުވަހުގެ މެންދުރު 1:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް މެދުވެރިކޮށް ރެޖިސްޓަރވުމަށް އެ އިއުލާނުގައިވެއެވެ. ހުށައެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.