2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވިގޮތާއި ގުޅޭގޮތުން އޭރުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ނައިފަރު ދާއިރުގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.
އެ ޓްވީޓް ރީޓްވީޓް ކުރައްވައި ޝިޔާމް ކުރެެއްވި ޓްވީޓްގައި ލިޔުއްވާފައިވާ ފުރަތަމަ ޅެންބައިތުތަކުގައި ވަނީ އެވާހަކަތައް ދައްކައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި ޖެހިގެން އައި ދުވަހު ޕާޓީގެ މެންބަރުން ނުކުމެ ތަންތަނުގައި ހުޅުޖެހިކަމަށެވެ. މީގެ އިތުުރުން ރެޔާއި ދުވާލު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދިޔަކަން ފާހަގަ ކުރެއްވިއެވެ.
ރާއްޖޭން ބޭރުގައި އެމްޑީޕީން ހިންގި ކެމްޕޭން ތަކާއި ގުޅިގެން ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔަކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމުގެ ސަަބަބުން ގައުމުގެ އިޤްތިސާދުވެސް ހީނަރުވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
ބަޤާވާތެއްކަމަށްބުނެ ކުރީ ބޯއީކޮޓް މިގައުމު، ނަގާ އީޔޫގެ ޚާއްސަވި ގިންތިން މި ގައުމު.
ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައްޔިތުން މާޔޫސްވެގެން ދިޔަ.
މަހުގެ ހަމައަގު ގެއްލި މާޔޫސްވީ މަސްވެރިން، ފަތުުރވެރިކަންވެހީނަރު ބިކަވެ ދިޔައީ ރައްޔިތުން.
7 ފެބްރުއަރީގައި ހިނގާދިޔަ ހަމަނުޖެހުމުގެ އިސްސަފުގައި ތިއްބެވި ގިނަ ބޭފުޅުން މިއަދު ތިއްބެވީ މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުގައި އިސްމަޤާމުތަކުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ލަދުހަޔާތުގެ ކަންފުޅެއް މިވެރިންގެ ނެތްކަން އެބައެނގޭ، އަދުތިބީ އެއްދާންކުރާންކަން ރައްޔިތުންނަށް އެބަފެނޭ.
Evahaka thakun fithuna kuruveemu noontho miqaumu.
Ebaaruminuga nikume roakuree ves miqaumu.Eyaa eku feshee maa nurakkaatherikameh.
Reyaa eku dhuvaala beyrugai feshikameh.Baghaavaathehkamah bune kuree boycot miqaumu.
Nagaa EU ge khaassavi ginthin miqaumu.
1/2 https://t.co/LSkaYNjEdp— Ahmed Shiyam (@Shiyamaldives) February 7, 2021
ނަޝީދުގެ ޓްވީޓްގައި ލިޔުއްވި ފުރަތަމަ ޅެންބައިތުގައި ވިދާޅުވެފައިވަނީ ހަމަނުޖެހުންތަކުގެ ހަނދާންތައް ގެނުވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި 'ވިކަމުން' ކަމަށާއި އެއީ "ފިލުވޭ ތަދެއް ނޫން" ކަމަށެވެ. އަދި ގައުމު އެ ހާލަތަށް ވައްޓާލުމަކީ ކުޑަ ކުށެއް ނޫން ކަމަށް ނަޝީދުގެ ޅެން ބައިތުގައިވެއެވެ.
ޒަމާންތަކަކަށްވި ގުރުބާނީ، ފަނާވެވި ޖިސްމު އިންސާނީ، އަމާންކަން ނެއްޓި އުދުވާނީ، މާފް ކުރާ ވަރެއް ނޫނޭ ނަޝީދު ވިދާޅުވެފައި ވެއެވެ.