އަންނަ ޖެނުއަރީ މަހުން ފެށިގެން ޢަމަލު ކުރަން ފާށާނެ ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ސަބަބުން ކުލި ބޮޑުކުރަންނުޖެހޭ ކަމަށާއި, ސަރުކާރަށް ކުލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރ ޙުސައިން ޝަހީމް(އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކުއްޔަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވަނީ، ކުލި ކޮންޓްރޯލް ކުރާނެ އުޞޫލެއް ނެތުމުންނާއި، އެފަދަ އުޞޫލެއް ހެދޭނެކަމަށް ޤަބޫލުފުޅުވެސް ނުކުރައްވާތީ ކަމަށެވެ.

އަދި އެކި މީހުން އިމާރާތްކުރުމަށް ހޭދަކުރާ މިންވަރު ތަފާތުވުމަކީވެސް ސަރުކާރުން ކުލި ކޮންޓްރޯލް ކުރުމަށް އެޅޭ ހުރަހެއް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އިންކަމް ޓެކްސް ބިލް ފާސްކުރުމުން ކުލި ބޮޑުވާން ޖެހޭ ސަބަބެއް ނެތް. ކުލި ބޮޑުވާން ޖެހޭ އެހެން ސަބަބެއް ވެސް. ކުލި ކުޑަވާން ޖެހޭ ސަބަބެއް ވެސް ނެތް ކޮންމެހެން މާބޮޑަކަށް. އަދި ކޮންޓްރޯލް ކުރަން ޖެހޭ އެއްޗެއް ކަމަކަށް ވެސް އަޅުގަނޑު ނުދެކެން- ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، ވަކި އަގެއްގަ މާލޭގެ ގެތައް ކުއްޔަށްދޭން ސަރުކާރަށް އެންގޭނަމަ ހުރިހާ ރިސޯޓެއްވެސް އެއް އަގެއްގައި ކުއްޔަށް ދޭން ސަރުކާރުން އެންގެންވާނެ ކަމަށާއި ނަމަވެސް އެކަމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އިންކަމް ޓެކްސް ޤާނޫނަށް އަމަލު ކުރަން ފެށުމުން ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.