މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އަނބިކަނބަލުން ލައިލާ އަލީ-- ފޮޓޯ: ސަން

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ހިންގި ހަމަނުޖެހުމުގައި އެމަނިކުފާނަށް އަނިޔާއާއި ގެއްލުން ލިބިވަޑައިގެންނެވި ނަމަވެސް، ހިތްޕުޅުގައި ބަރު ކަމެއް ނެތް ކަމަށް ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީ' އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވަނީ އެ ހަމަނުޖެހުންތައް ހަނދާނަށް ގެންނަވާފައެވެ.

އެދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އެމަނިކުފާނުގެ އާއިލާއަށް ގެއްލުން ދިނުމަށް ބަޔަކު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ލިބިވަޑައިގެންނެވި އެއްވެސް އަނިޔާއަކަށް، އަދި ގެއްލުމަކަށް ހިތްޕުޅުގައި ބަރުކަމެއް ނެތް ކަމަށެވެ.

އަރައިގަތީ އަޅުގަނޑުގެ އަނބިދަރިން ގަޔަށް. ލައިލާއާއި މީރާ އާއި ޒާޔާ އާއި އެމީހުންނާ ދިމާލަށް އެންމެ ބާރަށް ދިޔައީ. އެމީހުންނަށް ޖެހުނީ ނުކުމެގެން ފިލައިގެން ދާން. އަޅުގަނޑަށް ލިބުނު ގެއްލުން، ވީ ނުރައްކާ، ވީ އަނިޔާ، ލިބުނު ހިތާމަ، އެކަންކަމަށް އަޅުގަނޑުގެ ހިތުގައި ބުރަކަމެއް ނުބާއްވަން. އެހެންމީހުންގެ ހިތް ހަލާލުކުރަން ނިންމާނީ އެމީހުން

ހަމަނުޖެހުމުގައި އެދުވަހު ބައިވެރިވި ސިފައިންނާއި ފުލުހުންނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވަނީ ސަލާމަތީ ޚިދުމަތްތަކުގައި އެފަދަ ބަޔަކު ބޭތިއްބުމަކީ އެފަދަ ކަމެއް ތަކުރާރު ކުރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެ މައްސަލަ ބަލާ، އެކަމާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ.

ގާނޫނާއި ޚިލާފަށް ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދިން މީހުންނާއި ގުޅޭގޮތުން ތަހުގީގު ހިންގާ އޭގެ އިންސާފު ހޯދަން. ރަނގަޅުކަމެއް ނޫން، ސަލާމަތީ ޚިދުމަތެއްގެ ތެރޭގައި މިއުޓިނީއަށް ބާރު ދިން ބަޔަކު ބޭތިއްބުމަކީ. އެއީ މިބާވަތުގެ ކަމެއް ތަކުރާރުވުމަށް އަނެއްކާވެސް އޮތް އެންމެ ފަހި މަގު. ވަރަށް މުހިންމު ކަމެއް އެއީ ފެބްރުއަރީ 7 ގެ މައްސަލަ ބަލާ ތަހުގީގު ކުރުން.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވިންދާ ރޫހާއި އެއްގޮތަށް ވެރިކަން ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންނާއި ސިފައިންގެ ތެރޭގައި ހިނގާދިޔަ ކަންކަން ދިވެހިންނަށް ސާފުވެ، އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.