އޭޕްރީލް މަހު ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށިތައް އިނގިރޭސިވިލާތާ މެލޭޝިޔާ ގައި ބެހެއްޓުމުގެ ފުރުސަތު ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެކަން ހާމަކުރެއްވީ މިއަދު ކުރިޔަށް ދިޔަ އިލެކްޝަންގެ ގައުމީ ލަފާދޭ ކޮމިޓީގައި ފޮރިންމިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް އަހުމަދު ސަލީމެވެ. އެކަމަކު އެ ގައުމުތަކުގައި ވޯޓް ފޮށިތައް ނުބެހެއްޓޭ ސަބަބެއް ސީދާ ސަލީމް ވިދާޅެއް ނުވެއެވެ.
އީސީން ކުރިން ނިންމާފައި އޮތީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ކެއޭލް ގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 750 މީހަކު ރަޖިސްޓްރީ ވެފައިވާއިރު ލަންޑަނުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 400 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ. އެހެންކަމުން ލަންޑަނާއި ކޭއެލްގައި ވޯޓުފޮށި ނުބަހައްޓަން ނިންމި ނިންމުމާއި ގުޅިގެން 2000 މީހަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.
އީސީން ބުނީ، އެ ދެ ފޮއްޓަށް ރަޖިސްޓްރީވެފައި ތިބި މީހުން އެހެން ތަނަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށެވެ.