ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީ އަކަށް ހަމަލާދީފިއެވެ. 

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ތޫނު އެއްޗަކުން ބިދޭސީ އަކަށް ހަމަލާ ދީގެން ފުލުހުން ހަރަކާތްތެރިވި ކަމަށާއި އެމީހަކީ ރާއްޖޭގައި މަސައްކަތްކުރާތާ 30 އަހަރުވެފައިވާ ތުރުކީ ފިރިހެނެއް ކަމަށެވެ. 

މިމީހާއަށް ހަމަލާދީފައިވަނީ އެމީހާ ގެސްޓުހައުސް އަކުން ނިކުތް ވަގުތު ސައިކަލުގައި ދިޔަ ދެ މީހެކެވެ. 

އޭނާއަށް މި ހަމަލާ ދީފައިވަނީ ނިރޮޅުމަގާއި، ބޮކަރުމާ ހިނގުން ގުޅޭ ކަންމަތިންނެވެ. 

މިހަމަލާގެ ސަބަބުން އެމީހާގެ ވާތްފަރާތުން މެއާއި ދިމާއަށް އަދި ކޮލަށާއި، ކަނދުރާ މައްޗަށްވެސް ވަނީ އަނިޔާވެފައެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.