ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި 16 އިމާމަކު ބައިވެރިވެފައިވެއެވެ.

މިނިސްޓްރީން ބުނީ ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެކެވެ. ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން އިމާމުކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.