ކޮވިޑުގެ ކޭސްތައް އިތުރުވެ، ބ. އަތޮޅުގައި އޮންނަ އަނަންތާރާ ކިހަވަށް މޯލްޑިވްސް ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އަނަންތާރާ ކިހަވަށް ރިސޯޓުގެ މެނޭޖްމަންޓުން އެ ރަށުގައި ހިދުމަތް ދިނުން މެދުކަނޑާލަން ނިންމީ އެ ރިސޯޓްގެ 75 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އެ ރިސޯޓަށް އެރުން މަނާކޮށްފައިވާތާ ދެ ހަފްތާ ވެފައިވީ ނަމަވެސް މިވަގުތު 40 އެއްހާ ގެސްޓުން ރިސޯޓުގައި ތިބި ކަމަށް އެ ރިސޯޓުގެ ފްރޮންޓް އޮފީހުން މައުލޫމާތު ދެއެވެ.
އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ކިހަވަކުން ފެނިފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.