ރެގިއުލޭޓް އޮތޯރިޓީ އަށް އަލަށް އައްުޔަންކުރެއްވި ޔަޒީދް، އެންވަޔަރަމެންޓް މިނިސްޓަރާ އެކު ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ޗީފް އެގްޒެކްޓިވްގެ މަގާމަަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ގާނޫނު ބުނާގޮތުން އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އެވެ. އެ މަގާމަށް ސިވިލް ސަރވިސް ކޮމިޝަނުން، އައްޔަނު ކޮށްފައިވަނީ ޔަޒީދު އަހުމަދެވެ.

ޔަޒީދަކީ ސަރުކާރުގެ އެކި މަގާމުތަކުގައި 17 އަހަރު ހިދުމަތްކޮށް އޭގެ ތެރެއިން 12 އަހަރު ހިންގުމުގެ ދާއިރާގެ ސީނިއާ މަގާމުތަކުގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރު ކަމުގެ މަގާމެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.

ޔަޒީދު ކިޔަވާ ވިދާޅުވެފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. ޔަޒީދު ވަނީ އެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މަގާމަށް އައްޔަނުކުރުމާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ޔަޒީދުގެ ބެއްލެވުމުގެ ދަށުން ހަރުދަނާކޮށް ތަރައްގީކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.