ބޮޑުތަކުރުފާނު މަގު ކާނިވާ ސަރަހައްދު ކައިރީގައި ރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ ރޭ 23:26 ގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނީ އޭނާގެ ވޮލެޓު ފޭރެން އުޅުމުގެ ތެރޭގައި ކަމަށާއި، ހަމަލާފެ ސަބަބުން  އޭނާގެ ކުޑަ ހުޅުގެ މަތިން ދެތިން އިންޗު ފުންކޮށް ވަނީ ކަފައިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެ މީހާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.