ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންތަކެއް-- ފޮޓޯ: ވީއައިއޭ

މި ފެބްރުއަރީ މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް 17،000 ށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ފުރަތަމަ ހަ ދުވަހު 17,116 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި މަހުގެ ފުރަތަމަ ދުވަހު 2,158 ފަތުރުވެރިން އައިއިރު، ދެވަނަ ދުވަހު 2,828 ފަތުރުވެރިން ޒިޔާރާތްކުރިއެވެ. ތިން ވަނަ ދުވަހު 2,308 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ހަތަރު ވަނަ ދުވަހު 2,789 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ފަސް ވަނަ ދުވަހު 3,386 ފަތުރުވެރިން އައިސްފައިވާއިރު އިއްޔެ، ރާއްޖެ އައިސްފައިވަނީ 3,647 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 109,219 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 46.2 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާއިރު، ސަރުކާރުގެ އުއްމީދަކީ ކުރިން ފަތުރުވެރިން ރާއްޖެ އައި މިންވަރަށް ނައި ނަމަވެސް، އެ ސިނާއަތް މަޑުމަޑުން ކުރިއަރައި ދިއުމެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ބޭރުގެ މީޑިއާތަކާއި ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.