ޑރ. ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 92 އަހަރުގައި ހަސަން އިބްރާހިމް މަނިކު އަވަހާރަވީ މުސްކުޅި ބަލީގައެވެ. އެމަނިކުފާނު ގެންދެވީ ނޭވާލުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.

ހަސަން އިބްރާހިމް މަނިކު ވަނީ ގިނަ އަހަރުތަކެއް ވަންދެން ދައުލަތަށް ޚިދުމަތްކޮށްދެއްވާފައެވެ. އެގޮތުން ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ ބައްޕާފުޅަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.