މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ކުރަމުންދާ ކަމަށް ހުރިހA އިމާމުންނަށް އަންގައިފިއެވެ.
އެކަން އިމާމުންނަށް އަންގާފައިވަނީ އިސްލާމިކް މިނިސްޓްރީން އިމާމުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމާއި މިސްކިތްތަކަށް ނަމާދަށްދާއިރު ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އާއްމުންނަށް އިތުރަށް ނަސޭހަތްތެރިވުމަށް ވަނީ އިމާމުންނަށް އަންގާފައެވެ.
މިސްކިތަށްދާއިރު މާސްކް އަޅައި މުސައްލައެއް ހިފައިގެން ދިޔުމަށް ބާރު އެޅުމަށް މިނިސްޓްރީން ވަނީ އިމާމުންނަށް އިރުޝާދު ދީފައެވެ. އާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރިހައި އެންމެންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.