ދީނީ ހަރުކަށީ ފިކުރުތަކާއި، ބޮޑެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ފާޅުގައި ތެދުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި އެއްބައިވަންތަ ކަމުގެ ދުވަހާއި ތ. ވިލުފުށީގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީއެއްބައިވަންތަކަމާއި، އެކުވެރިކަން ކުރިއަށް ނެރެގެން ނޫނި ހައްލު ކުރަން ދަތި ކިތަންމެ މައްސަލަތަކެއް ޤައުމުގައި މިހާރުވެސް އެބަހުރި ކަމަށާއި، ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކަށް އެއީ އޭގެ ތެރެއިން އެއްކަންތައް ކަމަށެވެ.

ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި ހިންގާ އަމަލުތައް މިއީ އޭގެ ތެރެއިން އެއްކަން. ދީނަށް އިހާނަތްތެރިވުމުގެ މަސައްކަތް. މާރާމާރީތަކާއި ގޭންގް ކުށްތައް، މަސްތުވާތަކެތީގެ މައްސަލަތައް. މިފަދަ ކަންކަމަކީ ގާނޫނުތައް ނެތިގެން ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިންގާ ކަންކަމެއް ނޫން- ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ، މިފަދަ ހުރިހާ ކަންކަމަކީވެސް މުޖުތަމައުގެ މަސްލަހަތައްވުރެ އަމިއްލަ ކަންތައް އިސްކުރުމުގެ ހިތި ނަތީޖާ ކަމަށާއި، މިއަދު އަޒުމަކަށް ހަދަންވީ މިފަދަ ހުރިހާ ކަމަަކަށް ފާޅުގައި ދެކޮޅުވެ އެކަން ކަން ހުއްޓުވުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެއްވެސް ރައްޔިތަކަށް ދެރަގޮތެއްވުމަކީ އެމަނިކުފާނު އެދޭ ގޮތެއް ނޫން ކަމަށާއި، އެހެންކަމުން އިސްލާހުގެ މަހު ހިޔާރު ކުރުމަށް ނޭއްގާނީ ކަންކަން ކުރާ އެންމެހާ ފަރާތްތަކަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.