ސްކޫލްތަކުގެ ބޮޑު ޗުއްޓީ ކުރިން ދެމުން އައި އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރުކަމަށް ވުމުން އެ ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާތަކާއި އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމުގައިވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ،

އަދި ޗުއްޓީގެ އުސޫލަށް ބަދަލު ގެނައުމަށް ނިންމެވީ ކޮންމެ ކުއްޖަކަށްވެސް އަހަރީ ޗުއްޓީގައި އާއިލާ މެންބަރުންނާއެކު ވަގުތު ހޭދަކޮށްލެވޭނެ ފުރުސަތު ދިނުމަށްޓަކައި، ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން ދިރާސީ އަހަރު ނިންމާ މިހާރު ދޭ "ބޮޑު ޗުއްޓީ" ދެ ބަޔަކަށް ބަހާލުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އަލަށް ގެނެވުނު ބަދަލާއެކު، 2020 ވަނަ އަހަރުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 އިން 11 ޖޫން 2020އަށް އަދި ދެ ވަނަ ބައި 6 ޑިސެންބަރު 2020 އިން 7 ޖެނުއަރީ 2021 ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.