ކޮވިޑް-19 އަށް ދުބާއީގައި ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

ކޮވިޑް ޖެހިގެން ދުބާއީގައި މަރުވީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަަހުމަދު ވަނީ 'ޖަޒީރާ' އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސުހެއިލް ވިދާޅުވީ އެ ކޯޕަރޭޝަންގައި މަސައްކަތްކުރާ އަހުމަދު އިޔާދު ދުބާއީއަށް ދިޔައީ އަމިއްލަ ދަތުރެއްގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިޔާދަކީ އެޗްޑީސީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ލިބޭ ގޮތް ވަނީ ނުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.