ސިމްބޮލިކް ރެކޯޑްސްގެ ލަވަކިއުންތެރިޔާ މުޙައްމަދު މާހިދު، އެއްމެން ދަންނަ ނަމުން ނަމަ މާޓު އޮތީ މިއަހަރުވެސް ލަވަފޮށީގެ އެންމެ މަޤްބޫލު އާޓިސްޓުގެ ގޮތުގައެވެ.

2018 ވަނަ އަހަރުވެސް މާޓު ލަވަފޮށީގެ އެއްވަނަ އާޓިސްޓުގެ ގޮތުގައި ކަނޑައެޅިގެންދިޔައިރު، މި އަހަރު އެއްވަނައިގައި އޮތް ދުރުވާނެބާ ލަވައަކީ ޓޯއީ، އަރޭ އަދި މޯލްޑިވިއަން އައިޑަލް ސީޒަން 1 ކުން ވިދާލި ލަވަކިޔުންތެރިޔާ ފާތުމަތު އަޒްލީމާ (އަޒްލީ) ކިޔާފައިވާ ޑުއެޓް ލަވައެކެވެ. ގިނަ ބައެއްގެ މެދުގައި މިލަވަ މަޤޮބޫލުވެފައިވާ އިރު، މިއީ ސިމްބޮލިކް ރެކޯޑްސްގެ ލަވައެކެވެ. ސިމްބޮލިކުން ބުނީ، ކުރިއަށް އޮތް އަހަރު މާޓުގެ ގިނަ ލަވަތަކެއް އާންމުންނާއި ހަމައަށް އަންނާނެ ކަމަށެވެ.

ހުނަރުވެރި ޒުވާނުންގެ ލަވަތައް ސިމްބޮލިކުން އާނުްމުންނާއި ހަމައަށް ގެނެސްދެމުންދާއިރު، މިހާރު ރެޕް އާޓިސްޓުން އެންމެ ގިނައީވެސް ސިމްބޮލިކްގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.