ކްރިމިނަލް ކޯޓުގެ ޝަރިޔަތުގެ މާލަން

2019 ވަނަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 31 ނިޔަލަށް ކްރިމިނަލް ކޯޓަށް 985 މައްސަލައެއް ހުށައެޅިފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މުއްދަތު ތެރޭގައި ހުށައެޅުނު މައްސަލަތަކާއި، މައްސަލަތައް ކެންސަލް ވާން ދިމާވީ ސަބަބުތަކުގެ ތަފާސްހިސާބު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ މިއަދު އާއްމުކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތު ތެރޭގައި ނުނިމި ހުރި މައްސަލަތަކުގެ ޖުމްލަ އަދަދަކީ 1711 އެވެ. އަދި ނުނިމި ހުރި މައްސަލައިގެ ދައުވާ ދައުވާ ލިބޭ ފަރާތުގެ ޖުމްލަ އަކީ 2238 އެވެ. އެކި މައްސަލަތަކުގައި ބަންދުގައި ތިބި މީހުންގެ އަދަދަކީ 248 އެެވެ.

މި މުއްދަތު ތެރޭގައި 7850 މައްސަލައެއް ޝެޑިއުލް ކުރެވިފައިވާއިރު، 3426 އަޑުއެހުމެއް ބާއްވާފައިވެއެވެ. 4424 އަޑުއެހުމެއް ކެންސަލް ކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ނޮވެމްބަރު މަހުގެ އެކަކުން އޮކްޓޫބަރު 31 ނިޔަލަށް ޝެޑިއުލް ކުރެވުނު އަޑުއެހުންތަކުގެ 56 އިންސައްތަ ކެންސަލް ވެފައިވަނީ އިދާރީ ސަބަބުތަކާއި ހުރެއެވެ. އެއީ 2502 މައްސަލައެވެ. އަޑުއެހުންތައް ކެންސަލްކުރި މައްސަލަތަކުގެ ތެރެއިން 11.5 އިންސައްތަ އަކީ ދައުވާ ލިބޭ ފަރާތާއި ގުޅުން ހުރެގެން ކެންސަލް ވެފައިވާ މައްސަލަތަކަށް ވާއިރު، ދިފާއި ވަކީލާ ގުޅުން ހުރި 8.2 މައްސަލައެއް ކެންސަލް ކޮށްފައިވެއެވެ. ދައުވާ ލިބޭ ފަރާތާއި ގުޅުން ހުރެގެން ކެންސަލް ވެފައިވަނީ 510 މައްސަލައެވެ. އަދި ދިފާއީ ވަކީލާ ގުޅުން ހުރި މައްސަލަތަކުގެ އަދަދަކީ 364 އެވެ.

ކަރެކްޝަންސްއާ ގުޅުންހުރި 323 މައްސަލައެއް ކެންސަލް ކެންސަލްވެފައިވާއިރު ޕީޖީ އޮފީހާއި ގުޅުންހުރި 312 މައްސަލައެއް ކެންސަލް ކުރިކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ފުލުހުންނާއި ގުޅުން ހުރެގެން ކެންސަލް ކުރި މައްސަލަތަކުގެ އަދަދަކީ 198 އެވެ. ހެކިންނާއި ގުޅުން 13 މައްސަލައަކާއި ތަރުޖަމާނުންނާ ގުޅުންހުރި 50 މައްސަލައެއް ވަނީ މި މުއްދަތުގެ ތެރޭގައި ކެންސަލް ކޮށްފައެވެ.

އެންމެ މަދުން ކެންސަލް ވެފައިވަނީ އޭޖީ އޮފީހާއި ގުޅުންހުރި މައްސަލަތަކުގެ އިތުރުން ރަށު ކޯޓާއި ގުޅުންހުރި މައްސަލަތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.