އަނިޔާ ލިބުނު ފިރުޝާން-- ފޮޓޯ: އަހުމަދު މަނިކު

ރަށްޓެހިންތަކަކާއި އެކު ގދ އަތޮޅުގައި އޮންނަ ލޮނަދޫހުއްޓާއަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ސީލިންގ ވެއްޓުނު މުހައްމަދު ފިރުޝާނު އިތުރު ފަރުވާއަށް ރޭ ފަތިހު މާލެ ގެނެސްފިއެވެ.

ސީލިންގ ބޮލަށް ވެއްޓުމުން ލިބުނު އަނިޔާތަކަށް ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އުމުރުން 17 އަހަރުގެ ފިރުޝާން މާލެ ގެނެސް، މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

'ޖަޒީރާ'އަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރާއި ހަވާލާދީ ގައްދޫ ކައުންސިލްގެ މެމްބަރު އަދި ފިރުޝާންއާއި އާއިލީ ގޮތުންވެސް ގުޅުން އޮންނަ މުހައްމަދު ލަބީބް ވިދާޅުވީ ފިރުޝާނުގެ ހާލަތަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާކަމަށެވެ. އެކަމަކު ބޮލަށާއި، ފަޔަށް ލިބިފައިވަނީ ސީރިޔަސް އަނިޔާތަކެއް ކަމަށާއި އެހެންކަމުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަން އޮބްޒަވޭޝަނަށްލާފައިވާ ކަމަށެވެ.

ފައިގެ ކަށިގަނޑު ބިންދައިގެން ގޮސް ދެ ކަށިގަނޑު ދޭތެރޭގައި ނާރު ތާށިވެފައި އޮތީ. ސިކުނޑި އަށް ލޭއެޅިފައި. ޑޮކްޓަރުން ބުނަނީ ތިމަންނަ މި ބަލަނީ ފުރާނަ ސަލާމަތްވޭތޯ އޭ.

ލަބީބް ވިދާޅުވީ، ވެންޓިލޭޓަރުގައި އޮތް ފިރުޝާންގެ އިތުރު ޓެސްޓުތަކެއް ހަދަން އައިޖީއެމްއެޗަށް ގެންދަން ޑޮކްޓަރުން އިރުޝާދު ދެއްވި ކަމަށެވެ. އެކަމަކު މިހާރު ހާލަތަށް ބެލުމަށްފަހު އެއީ އެންމެ ރަނގަޅުގޮތް ކަމަށް ނުވާތީ، އޭޑީކޭ ގައި ބާއްވައިގެން ފަރުވާ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.  

ޒުވާނާއަށް އަނިޔާ ލިބުނު މައްސަލަ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *