ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިން ދައުވާ އާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ޕީޖީ އޮޕީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީން މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާ އާއި، މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާ ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.