ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފުރުސަތު ހުޅުވާލައިފި އެވެ.
ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގެގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސީވީ އާއި އެކު އެކަމަށް ހުށަހެޅުއްވުމަށް އެދޭކަމަށެވެ. އަދި ހޮސްޕިޓަލުގެ އީމެއިލް [email protected] އަށް ފޮނުވާ ސިޓީ އަދި ސިވީ ވެސް ބަލައިގަނެވޭނެ ކަމަށެވެ.
ވޮލެންޓިއަރުންގެ ގޮތުގައި ނެގޭ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.
ހޮސްޕިޓަލުން ވޮލެންޓިއަރުން ހޯދާއިރު، ކޮވިޑްގެ ކޭސްތަކެއް ފެނި އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެވިފަ އެވެ.